ޚަބަރު

2 ގަޑިއިރު ވަންދެން ރައީސް ޔާމީން ކޯޓުގައި ބޭންދުމަށްފަހު އަޑުއެހުން ކެންސަލް

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2 ގަޑިއިރު ކޯޓުގައި ބެހެއްޓުމަށްފަހު އަޑު އެހުން ކެންސަލް ކޮށްފިއެވެ.

މިއަދު ހެނދުނު ކްރިމިނަލް ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔައީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ އިބުތިދާއީ އަޑުއެހުމެކެވެ. އަޑު އެހުން ކެންސަލް ކޮށްލަން ޖެހުނީ އޯޑިއޯ ވީޑިއޯ ކޮންފަރެންސް ސާފު ނުވާތީއެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ.ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި 1.3 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަނުން ނަންގަވައި، 1.1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވައި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެއްގައި މަންފާވާނެ ގޮތަށް ބެހެއްޓި ކަމުގެ ތުހުމަތެވެ.

މިއަދުގެ އަޑުއެހުން ކުރިޔަށް ގެންދިޔައީ މި މައްސަލާގައި ދައުވާ އުފުލިފައިވާ ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވެސް ހާޒިރުކޮށްގެންނެވެ. ކްރިކް ރިޒާއަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާއެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. މިއަދުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް އެ މައްސަލަތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދިޔުމަށެވެ. ކްރިކް ރިޒާ ޝަރީއަތަށް ހުށަހަޅަން ޖެހޭ ކަންކަމާގުޅޭ އަޑު އެހުމެއް މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ތާވަލުކޮށްފައިވާއިރު، ސަން އިންވެސްޓްމަންޓްގެ ހުށަހެޅުންތަކަށް ދީފައިވާ ގަޑިއަކީ އެ ދުވަހު ހެނދުނު 10:00 އެވެ. ސަން ކޮންސްޓްރަކްޝަންސްގެ ހުށަހެޅުންތައް އޮންނާނީ އެ ދުވަހުގެ 11:00 ގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button