ޚަބަރު

ގިނަ ގްރޭޑްތަކެއްގެ އިސްލާމް ފޮތްތަކުގައި ޤުރުއާންގެ އާޔަތްތައް ނުބައިކޮށް ހުރުމުގެ މައްސަލަތަކެއް

ގައުމީ މަންހަޖުގެ ތެރެއިން ސްކޫލް ތަކުގައި ކިޔަވާ ދިނުމަށް ބޭނުންކުރާ އިސްލާމް ފޮތްތަކުގައި ގުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރުމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އެގޮތުން ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ނުބައިކޮށް އޮތް މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އަންފާލް ސޫރަތުގެ 74 ވަނަ އާޔަތް

ހަމަ އެއާއިއެކު ގްރޭޑް 10 ގެ ފޮތުގައި އަލްމާއިދާ ސޫރަތުގެ  3 ވަނަ އާޔަތް ނުބައިކޮށް ލިޔެފައި އޮތް މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. މިކަން ވަނީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ  ޓްވީޓެއްގައި ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު ގްރޭޑް 2 އަދި  ގްރޭޑް 1 ގެ ގްރުއާން ފޮތްތަކުގައި ހުރި މައްސަލަތަކެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

 

ގްރޭޑް 2 ގެ ގުރުއާން ފޮތުގައި އޮތް ކުށެއް ޝެއިޚް ޒަމްޒަމް ފާރިޝް ފާހަގަ ކުރައްވާފައި

ކީރިތި   ޤްރުއާން ލިޔުމުގައި ރަނގަޅު ގޮތުގައި ލިޔެ ކިޔެވުމަށް ހާއްސަ ސަމާލުކަމެއް  ދޭން ޖެހޭ ހިނދު، މިފަދައިން ސްކޫލްކުދިންގެ ފޮތްތަކުގައި ކުށް ހުރުމުން ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button