ޚަބަރުސިޔާސީ

ޖޭޕީގެ ‘ބުރޯ’ ނަހުލާ ނުކުމެ ގޭންގުތަކަށް ފައިސާ ދިނީމަވެސް ގޮނޑިތައް ނުފުރި ޖަލްސާ ތޮޅިޔަށް!

މްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް   ޓިކެޓް ހަވާލު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ފެށި ޖަލްސާއަށް ފިނި ތަރުހީބެއް ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށަ ކަށަވަރުވެފައިވާގޮތުގައި މި ޖަލްސާއަށް މީހުން ގެނައުމަށްޓަކައި ޖޭޕީން ވަނީ ބޮޑެތި ހަރަދުތައް ކޮށްފައެވެ. އެގޮތުން ކްލަބް ޖަމިއްޔާތަކާއި، ގުރޫޕުތަކާއި ގޭންގުތަކުން މީހުން ނެރުމަށް އެ ޕާޓީން ވަރަށް ބޮޑަށް ޓާގެޓް ކުރިއެވެ.
ހާއްސަގޮތެއްގައި މާލެ ސަރަހައްދަށް ނިސްބަތްވާ ބައެއް ގޭންގުތަކާ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ބައްދަލުކުރައްވައި 200,000 (ދެ ލައްކަ ރުފިޔާ) ހުށަހަޅާފައިވެއެވެ.

”އެއީ ދެން ޖަލްސާއަށާއި ކެމްޕެއިން ސަޕޯޓަށް. އިތުރަށް އަދި ދޭނަމޭވެސް ބުނީ.“ މުއާމަލާތް އެނގޭ މީހަކު ކިޔައިދިނެވެ.

ނަހުލާ ގޭންގުތަކަށް ފަންޑު ކުރަމުންވެސް އެމީހުންގެ އިތުރުން މިރޭގެ ޖަލްސާއަށް ދާން ބުނީ ގިނަބަޔަކު އައިސްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ނަހުލާގެ އަރިސް މީހަކު ބުނިގޮތުގައި ނަހުލާ ފައިސާ ދީގެން މީހުން ނައީ ރޭވުމެއްގެ ތެރެއިންނެވެ. އޭނާ އެކަން ސިފަކުރީ ގާސިމް ފެއިލް ކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑަރަށް ހިންގި އަމަލެއްގެ ގޮތުގައެވެ.

”އޭރުން ގާސިމް ހާޑުވެގެން އިބޫ ފަހަތަށް އަރާނެއެއްނު. މިއީ މި ޖެހި މަޅިއަކީ.“ އޭނާ ކިޔައިދިނެވެ.

މިރޭގެ ޖަލްސާގައި ގިނަ އަދަދަކަށް ހުސް ގޮނޑިތައް ހުރުމާއި، މީހުން ނައުމުގެ ސަބަބުން އަދިވެސް ޖަލްސާ ފެށޭގޮތެއް ވަނީ ނުވެފައެވެ.

One Comment

  1. ޕީ،ޕީ،އެމް އިން ޖަލްސާތަކައް ލާރި ބަހާހެން ނުބެހޭތީ ވާގޮތްތީ.. ލާރިބަހައިގެން ފުރަތަމަ ތާއިދު ދައްކައި ޖަލްސާތަކައް މީހުންގެންނަންފެށި ޕާޓީ އަކީ ޕީ،ޕީ،އެމް.. މެޑަމް ފާތުމަ ލާރި ބެހިވަރާއި ގާތައްވެސް އަދި ދިވެހި އަންހެނަކައް ލާރި ބެހިފައެއް ނޯންނާނެކަން ޔަޤީންތާ…. އެކަމު ކޮބާ މިހާރު ދީލަތި ފާތުމަ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button