ދިވެހިރާއްޖޭގެ ޖުޑީޝަރީ މިއަދު މިއޮތް ހާލަތުގެ ޒިންމާ ނަގަންޖެހޭނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަމަށް ކުރީގެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހަސަން ނަޖީބު ވިދާލުވީ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއްކަމުގައެެވެ. އަދި އެ ވައުދު އެގޮތަށް ފުއްދެވިނަމަ މިއަދު ޖުޑީޝާރީ މިއޮތްހާލަތަކަށް ނުދާނެކަމަށް ހަސަން ނަޖީބު ވިދާޅުވިއެވެ.
ހަސަން ނަޖީބު އިތުރަށް ވިދާޅުވިގޮތުގައި ޖޭއެސްސީގައި ތިއްބަވާ ބައެއްބޭފުޅުންގެ ލޯ ފާމް ތަކުން އެހެން ވަކީލިންގެ އަތުގައި ހުންނަ މައްސަލަތަށް އަތުލަމުންދާކަމުގައެވެ.
މީގެ އިތުރުން ހަސަން ނަޖީބު ވިދާޅުވީ މީގެ ކުރިން ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާ މިންވަރަށް މިސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައިވާކަމުގައެވެ.