ޚަބަރުސިޔާސީ

އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް: ހޯމް ލޭންޑް މިނިސްޓަރު

ދިވެހިންނަކީ ތާއަބަދު އިސްލާމީ މުޖުތަމައުއެއްގެ ތެރޭގަައި މިނިވަންކަމާއެކުގައި ތިބެން ބޭނުންވާ ބައެއް ކަމުގައިވާނަމަ އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިނިސްޓަރު އިޙްސާން ދެއްވި މެސެޖެއްގައި ވިދާޅުވީ 26 ޑިސެމްބަރު 2004 ވަނަ ދުވަހަކީ ދިވެހިން އާދަޔާ ޚިލާފަށް ހިތްވަރު ދައްކައި ދިވެހިންނަކީ އެކަތިގަނޑެއްކަން ދައްކައިދިން ދުވަހެއް ކަމަށެވެ. އަދި ސަލާމަތީ ޚިދުމަތްތަކުން އޭރު ގެންދިޔައީ ވީ އެންމެ އަވަހަށް ރައްޔިތުންނަށް އެހީ ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން ކަމަށާއި އެ ދުވަހު ރައްޔިތުން ދެއްކި ހިތްވަރާއި އެއްބައިވަންތަކަމުން މިއަދު ވެސް ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިންގެ ތެރޭގައި ނުކިއްސަރު ޚިޔާލުތަކާއި ބައިބައިވުން އުފެއްދުމުގެ މަގުސަދުގައި ބޭރުގެ ގައުމުތަކުންނާއި އެކިއެކި ޖަމާއަތްތަކުން މަސައްކަތް ކުރަމުންދާއިރު، މި ކަންކަމުން ދިފާއުވުމުގެ ގޮތުން އޮތް އެންމެ ބޮޑު ހަތިޔާރަކީ އެއްބައިވަންތަކަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button