ޚަބަރުސިޔާސީ

ޕީޕީއެމް ޖަލްސާގައި އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލުމުން ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

ޕީޕީއެމުން ރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި ”އައްޑަނަ“ ޖަލްސާގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވުމާއި ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް، ކުޑައިމީސް ބަސްތަކުން ވާހަކަދެއްކުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ.

އިންޑިއާ އަކީ ޒަމާނުއްސުރެ ރާއްޖެއަށް އެހީތެރިވާ ގައުމެއް ކަމަށާއި އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް ކުޅޭ ގައުމަކީވެސް އިންޑިއާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ރޭ ބޭއްވި ޖަލްސާގައި އިދިކޮޅު ފަރާތްތަކުން އިންޑިއާގެ ބީޖޭޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ވަކިން ހާއްސަކޮށް އިންޑިއާ ސިފައިން ރާއްޖެއަށް އަތްގަދަ ކުރަމުން އަންނަ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button