ޚަބަރުސިޔާސީ

ޓާގެޓަކީ ފެނަކައިން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދެ އަހަރުގެތެރޭ ދިނުން: މުއާޒު

ފެނަކައިން ވިޔަފާރިތަކަށް ދައްކަންޖެހިފައި ހުރި ގިނަ އަދަދެއްގެ ފައިސާ ދެ އަހަރު ތެރޭގައި ދެއްކުމަށް ޕްލޭނެއް އެކުލަވައިލާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ބ.ކެންދޫ ރައްޔިތުންނާ ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ ކުންފުނީގެ 60 މަޝްރޫއެއްގެ މަސައްކަތް މަޑުޖެހިފައި އޮތް އިރު، އެ މަޝްރޫއުތަކަަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމުގައެވެ. އެ 60 މަޝްރޫއުގެ މަސައްކަތް އެވެރެޖުކޮށް ގޮސްފައިވަނީ އެންމެ 45 އިންސައްތައާ ހަމައަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ 23 މިލިއަން ރުފިޔާއިން ނިންމައިލެވޭ އިމާރާތަކަށް 50 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމުގައެވެ.

”އޭގެވެސް60 ޕަސެންޓް މަސައްކަތް ނުނިމޭ. އެކަންކަން ކުރަން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މެޓީރިއަލް ނެގުމަށްފަހު ފައިސާ ނުދީ އެ ވިޔަފާރިތައްވެސް އެތިބީ ބަނގުރޫޓުވެފަ. އެއްކަލަ ޕްރޮޖެކްޓުތަކަަށް ނެގި މެޓީރިއަލްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ. ފައިސާ ނުދީހުރީ.“ މުއާޒު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ވިޔަފާރިވެރިން އެ ފައިސާ ނުލިބިގެން ފެނަކައަށް ޕްރެޝަރ ކުރިޔަސް އެއްފަހަރާ އެވަރުގެ ބޮޑު އަދަދެއް ދެއްކުމުގެ ގާބިލްކަން ނެތް ދަރަޖައަށް ފެނަކައިގެ ކަންކަން ކުރީ ސަރުކާރުން ”ދުއްވާލި“ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button