ޚަބަރު

އަލީ ވަހީދު ހައްޔަރު ކުރިކަމެއް ފުލުހުންނަކަށް އަދިވެސް ކަށަވަރެއް ނުކުރެވޭ!

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސި ވިލާތުން ހައްޔަރު ކުރިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް އަދި ލިބިފައިނުވާކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި އަލީ ވަހީދު ހައްޔަރު ކުރިކަމެއް ނުވަތަ ޑިޓެންޝަންގައި ހުރިކަމުގެ މައުލޫމާތު ރަސްމީ އެއްވެސް އިދާރާއަކުން ފުލުހުންނަށް ލިބިފައިނުވާކަމުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން މިއަދު ވިދާޅުވީ އަލީ ވަހީދު ހައްޔަރުކުރިތޯ ސާފުކޮށްދިނުމަށް ފުލުހުންނާއި ގުޅުންހުރި ބައިނަލްއަގުވާމީ ފަރާތްތަކުގައި ފުލުހުން އެދިފައިވާ ކަމުގައެވެ. ނަމަވެސް އެފަދަ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށް އެފަރާތްތަކުން އަންގާފައިވާކަމަށް ފުލުހުން ވިިދާޅުވިއެވެ.

ސްޕުރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް 2 މަސް ދުވަހުގެ ޖަލުހުކުމެއް އިއްވުމުން އިންޓަޕޯލް މެދުވެރިކޮށް  އަލީ ވަހީދު ރާއްޖެ ގެންނާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button