
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މާރާމާރީއެއް ހިންގައިފިއެވެ.
ފުލުން މައުލޫމާތު ދިން ގޮތުގައި ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހުގެ ތެރޭގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ 12.30 ގައެވެ.
މި މާރާމާރީގައި އަނިޔާވި އަންހެން މީހާ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު ކަމަށް މައުލޫމާތު ލިބެއެވެ.
ފުލިހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.