ޚަބަރު

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލުތަކެއް ގެންނަނީ

ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ވެރިކަން ނިމުމުގެ ކުރިން ޖުޑީޝަލް ސާވީސް ކޮމިޝަން(ޖޭއެސްސީ) އެކުލަވާލައިފަވާ ގޮތަށް ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހަންމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަފުޅުދައްކަވަމުން މަބްރޫކް ވިދާޅުވީ ޖޭއެސްސީއަށް ބަދަލު ގެންނާނީ އެންމެނަށްވެސް އިތުބާރުހިފޭ ގޮތަކަށް ކަމަށެވެ. އެ ބަދަލުތަށް ގެނައުމަށް ގާނޫނީ ފަނަނުވެރިންގެ ލަފާ ރައީސް ސޯލިހު ހޯއްދަވަމުން ގެންދަވާކަމަށް މަބްރޫކް ވިދާާޅުވިއެވެ.

މަބްރޫކް ވިދާޅުވިގޮތުގައި ޝަރުއީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭކަމުގައެވެ. ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލުތަކެއް ގެންނަނަމަ ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭނެއެވެ.

މަބްރޫކް އިތުރަށް ވިދާލުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުހކުރުމުގެ މަސައްކަތް ފެށުން ލަސްވެފަވާކަމަށް ގަބޫލުކުރައްވާކަމުގައެވެ. ޖޭއެސްސީ އެކުލަވާލާފައިވާގޮތް ބަދަލު ކުރުމަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ރިޔާސީ އިންތިހާބުގެ ކެންޕޭންގައި ވައުދުވެވަޑައިގެންނަވާފައިވާ ކަމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button