ޚަބަރު

އަލިފުށީގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފި

ރ.އަލިފުށީގައި އެއާޕޯޓެއްއެޅުމަށް ސަރުކާރުން އެމްޓިސީސީއާއި މިއަދު ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައިސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތް ޝާނާ ފާރޫގެވެ. އެމްޓިސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

އެއާޕޯޓް އެޅުމުގެ މަޝްރޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓިސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ ސަރުކާރުން ދީފައިވާ މުއްދަތުގެ ތެރޭގައި މަޝްރޫއު ނިންމާލެވޭނެ ކަމުގައެވެ. އަދި އަވަސް ތަރައްގީ ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓް ތަރައްގީ ކުރާނީ 1،200 މީޓަރުގެ ރަންވޭއަކާ އެކުއެވެ. އެއާޕޯޓް އެޅުމަށް ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2،871 މީތަރުގެ ރިވެޓްމެންޓް ޖެހުމާއި 480 މީޓަރުގެ ގްރޮއިންއެއް ގާއިމް ކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކޮށްފައި ވަނީ 750 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ސަރުކާރުން އެމްޓީސީސީއާއި ހަާވާލު ކުރި މި މަޝްރޫއަކީ 451،615،528.48 ރުފިޔާގެ މަޝްރޫއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button