ޚަބަރު
އިތުރަށް މުސާރަ ޖަމާވި މުވައްޒަަފުންގެ އެކައުންޓްތައް ފްރީޒް ކޮށްފި

ލިބެންޖެހޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ޖަމާވެފައިވާ މުވައްޒަފުންގެ އެކައުންޓްތައް ފްރީޒް ކޮށްފިއެވެ.
ސަރުކާރު މުވައްޒަފުންނަށް އިއްޔެ މުސާރަ ޖަމާކުރިއިރު ބައެއް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ވަނީ މުސާރައިގެ ގޮތުގައި 70،000 ރުފިޔާ ވެސް ޖަމާވެފައެވެ.
ބައެއް މުވައްޒަފުންނަށް ގިނައިން ޖަމާވި އިރު، ބައެއް މުވައްޒަފުންނަށް ވަނީ ލިބެންޖެހޭ މުސާރައަށްވުރެން ކުޑަ ކޮށއވެސް މުސާރަ ޖަމާވެފައެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބޭންކްތަކުގައި އެދިގެން ގިނައިން މުސާރަ ޖަމާވި މުވައްޒަފުންގެ އެކައުންޓްތަށް ފްރީޒް ކޮށްފައެވެ.
އޮޅިގެން ބައެއް މުވައްޒަފުންނަށް ގިނައުން މުސާރަ ޖަމާވުމަށް މެދުވެރިވި ސަބަބެއް އެއްވެސް ރަސްމީ އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.