ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓު އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓު އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުޙައްމަދު ހަލީމް ވަކިކުރުމާ ގުޅިގެންނެވެ.

އެއިރު ހުންނެވި ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުރި މުޙައްމަދު ހަލީމް ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 18 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، މަޖިލީހުގެ ރައީސްގެ މޭޒުން މަޖިލީހައް ހުށައަޅަންނެވެ.

ހަލީމް، މަގާމުން ވަިކޮށްފައި ވަނީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށް ވުރެން ގިނަ ދުވަސް ވީފަހުންނެވެ. މަޖިލިހުން ހަލީމް ސަސްޕެންޑް ކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ މަޖިލީހުގެ އާންމު ކޮމިޓީން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެންނެވެ.

ސާޖެންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުމާއި އެންމެ ދަށްވެގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަގާމަށް ޝަރުތު ފުރިހަމަވާ މީހަކަށްވާން ޖެހެއެވެ.

އެ މަގާމުގެ އަސާސީ މުސާރައަކީ 32،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 4000 ރުފިޔާ ލިބޭއިރު ފޯނު އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ އަދި ޕާލިމަންޓަރީ ސާވިސް އެލަވަންސްގެ ގޮތުގައި 6400 ރުފިޔާ ލިބޭނެއެވެ.

ސާޖަންޓް އެޓް އާމްްސްގެ މަގާމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މަޖިލީހުގެ ހުރިހާ ސެކިއުރިޓީ ކަންކަމެއް ބެލެހެޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ސާޖެންޓު އެޓް އާމްސްގެ މައްޗަށެެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button