ޚަބަރުކުޅިވަރު

ޓްރާންސްފާ މާކެޓުގެ ފަހު ދުވަސް، ވަރަށް ވެސް ފޯރިގަދަ

މިއަދަކީ މިއަހަރުގެ ސަމާރ ޓްރާންސްފާގެ އެންމެ ފަހު ދުވަހެވެ. ފުޓުބޯޅައަށް ލޯބި ކުރާ މީހުންނަށް މިއަދު ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ.

މިއަދު ވަނީ ހީވެސް ނުކުރާ ފަދަ ގިނަ ޓްރާންސްފާތަކެއް ނިމިފައެވެ. އެންމެ ގިނަ މީހުން ހައިރާންކޮށްލީ އެމްބައްޕޭ އަށް ފާރަލައިގެންހުރި ރެއާލުން ފްރާންސްގެ އުންމީދީ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާގެ ސޮއި ހޯދުމުންނެވެ. 19 އަހަރުގެ ކަމަވިންގާ ރެއާލާއި ގުޅުނީ 31 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

ރެއާލުގެ ވާދަވެރިން ކަމުގައިވާ އެތްލެޓިކޯއިން ވެސް ވަނީ ފަހު ވަގުތު ޓްރާންސްފާތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމަށް ކުރިން ކުޅިފައިވާ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ ސޮއި  ވެސް 1 އަހަރު ދުވަހަށް ލޯނު އުސޫލުގެ ދަށުން އެތްލެޓިކޯއަށް ކުޅޭގޮތަށް ހޯދާފައެވެ.

އިނގިރޭސި ކްލަބް ލީޑްސް ޔުނައިޓަޑުންވެސް ވަނީ ހީނުކުރާފަދަ ކުޅުންތެރިޔަކުގެ ސޮއި ހޯދާފައެވެ. މެންޗެސްޓާ ޔުނައިޓަޑުގެ ރައިޓް މިޑްފީލްޑާރ ޑެނިއަލް ޖޭމްސް ވަނީ މިއަދުގެ ވަގުތެއްގައި ލީޑްސް ޔުނައިޓަޑަށް ބަދަލުވެފައެވެ. ޖޭމްސް ލީޑްސް އަށް ސޮއިކޮށްފައިވަނީ 29 މިލިއަން ޔޫރޯގެ ފީއަކަށެވެ.

މީގެ އިތުރުން ޗެލްސީން ވެސް ވަނީ ކުޅުންތެރިއެއްގެ ސޮއި ޔަގީން ކޮށްފައެވެ. އެއީ އެތްލްޓިކޯގެ މިޑްފީލްޑަރު ސައުލްއެވެ. ސައުލް ޗެލްސީއާއި ގުޅުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންކަމަށް ބޭރުގެ ރިޕޯޓުތަށް ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button