ޚަބަރު

އަންހެން ކުދިން ހިތާނު ކުރުމަކީ ބަހުސް ކުރަން ޖެހޭ ކަމެއް ނޫން: މީކާއިލް

އަހެންކުދިން ހިތާނު ކުރުމަކީ ބަހުސް ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކައިލް މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި މީކާއިލް ވަނީ ”އެންޑް އެފް ޖީ އެމް“ ގެ ނަމުގައި ހޭޝްޓްގެއްވެސް ބޭނުން ކުރައްވާފައެވެ. އެންޑް އެފް ޖީ އެމް އަކީ އަންހެނުން ހިތާނު ކުރުމާއި ދެކޮޅަށް ބޭނުން ކުރަމުން އަންނަ ހޭޝްޓެގެކެވެ.

https://twitter.com/MickailNaseem/status/1410102810251644929?s=20

 

އަންހެނުން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)، އިސްލާމް ދީނުގައި އޮންނަ ކަމަށް ބުނެ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ވާހަކަ ދައްކަވަމުންދާތީ އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީ އާއި ބައެއް އެހެން މުއައްސަސާތަކުން ދެކޭ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button