ޚަބަރުވިޔަފާރި

އެންމެ އަގުހެޔޮކޮށް އޭސީއަށް ސާވިސް ކޮށްދެނީ ކުއިކްފިކްސް ސާވިސް ސެންޓަރުން

މާލޭގައި އެންމެ އަގުހެޔޮކޮށް އެއާ ކޮންޑިޝަނަށް ސާވިސްކޮށްދޭ ތަނަކަށް ކުއިކް ފިކްސް ސާވިސް ސެންޓަރު ހިޔާރު ކުރުމަށް އެ ކުންފުނިން ބުނެފިއެވެ.

ކުއިކްފިކްސް އިންވެސްޓްމެންޓުން ބުނިގޮތުގައި އެ ކުންފުނީގެ ސާވިސް ސެންޓަރުން އޭސީގެ ހުރިހާ ވައްތަރެއްގެ ބްރޭންޑުތަކަށް ކޮލެޓީ ރަނގަޅު ސާވިސްއެއް ދެމުން އަންނަތާ 10 އަހަރު ވެއްޖެއެވެ. އޭސީގެ އިތުރުން ދޮންނަ މެޝިނާއި، އައިސް އަލަމާރި އަދި ޑީ ފްރީޒަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަ ހައްލުކޮށް، ސްޕެއަރ އެޅުވުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ފުޅާ ދާއިރާއެއްގައި މިހާރު ކުރަމުންނެވެ. އެ ކުންފުނިން ސްޕެއަރ ޕާޓްސްތައް ގެންނީ ސީދާ ރާއްޖެއިން ބޭރުންނެވެ.

ކުއިކްފިކްސް އިން ބުނީ ހޯދާ ކޮންމެ ހިދުމަތެއްގެ ވޮރަންޓީ މުއްދަތުގެ ގޮތުގައި 3 މަސް ދުވަސް ކަސްޓަމަރަށް ލިބިގެންދާނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ސާވިސްކުރާ އެއްވެސް އެއްޗެއްގެ މައްސަލައެއް ދިމާވެއްޖެ ނަމަ، އެ ދިން ހިދުމަތެއް އިތުރު ފީއެއް ނުނަގައި ހިލޭ އަލުން ދޭނެ ކަމުގައެވެ.

އެކުންފުނިން މިހާރުވެސް އަންނަނީ ޓީސީއެލް، ކޮންފީ، އެލްޖީ، މީޑިއާ އަދި އޮކްސް ބްރޭންޑުގެ އޭސީ ވިއްކަމުންނެވެ. އަދި އެ ކުންފުނީގެ ފިހާރައިން އޭސީގެ ހުރިހާ ސާމާނެއް ލިބެން ހުންނާނެއެވެ.
މާކެޓުގެ އަގުތަކަށް ބަލާއިރު، މިހާރުވެސް އެ ފިހާރައިން ވިއްކާ ސާމާނުގެ އަގު ހެޔޮކަން ފާހަގަކޮށްލެވެއެވެ. އަދި މި ފިހާރައިން އޭސީގެ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ، ޒަމާނީ އާލާތްތައްވެސް ލިބެން ހުރެއެވެ.

ކުއިކް ފިކްސްގެ ހިދުމަތް ހޯދުމަށް އެ ކުންފުނީގެ 9903009 / 7693613 އަށް ގުޅާލުނުން ވަގުތުން ހިދުމަތް ލިބިގެންދާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button