ޚަބަރުކުޅިވަރު

ޔުނައިޓަޑަށް ދެވިފައިވާ ލޯތްބަކަށް ބަދަލެއް ނާންނާނެ: ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑަކީ ހުރިހާ ކާމިިޔާބީތަކެއްގެ ފެށުން ކަމަށާއި އެހެންކަމުން އެ ކުލަބަށް ދެވިފައިވާ ލޯބި ދުވަހަކުވެސް ބަދަލުނުވާނެ ކަމަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މީސްމީޑިއާގައި ރޮނާލްޑޯ ކުރި ޕޯސްޓެއްގައި އޭނާ ވަނީ ޔުނައިޓެޑުގައި ހޭދަކުރިއިރު ލިބުނު ކާމިޔާބީތަކާއި ހޭދަކުރި އުފާވެރި ދުވަސްތަކުގެ ހަނދާން އާކޮށްފައެވެ. އަދި އެނބުރި ޔުނައިޓެޑަށް އައުމަކީ ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި ރޮނާލްޑޯ ފާހަގަކޮށްފައިވެއެވެ.

https://www.instagram.com/p/CTO-ldLgiVr/?utm_medium=copy_link

ރޮނާލްޑޯ ޔުނައިޓަޑާ އެންމެ ފުރަތަމަ ގުޅުނީ 2003 ވަނަ އަހަރުއެވެ. ހަ އަހަރު އެ ކުލަބުގައި ހޭދަކުރުމަށްފަހު 2008 ވަނަ އަހަރު ރޮނާލްޑޯ ދެން ބަދަލުވީ ފުޓުބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބު ކަމުގައިވާ ސްޕެއިންގެ ރެއާލްމެޑްރިޑާއެވެ.

ރޮނާލްޑޯ ވަނީ މެނޗެސްޓާ ޔުނައިޓަޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޕްރިމިއާ ލީގާއި ޗެމްޕިއަންސްލީގު ފަދަ މުބާރާތްތަަށް ކާމިޔާބު ކުރުން ހިމެނެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލޯންޑޯ އެވޯޑުވެސް ރޮނާލްޑޯފުރަތަމަ އުފުލާލީ މެނޗެސްޓާ ޔުނައިޓަޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button