ޚަބަރުސިޔާސީ

ހަމަލާއަށް ފަހު ނަޝީދުގެ ތަފާތު ޓުވީޓެއް!

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަށްފަހު، ދާދި ދެންމެއަކު އެމަނިކުފާނު ޓުވީޓެއް ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ނަޝީދަށް ފަރުވާ ދީފައިވަނީ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުންނެވެ. އެމަނިކުފާނު ވަނީ ރައްޔިތުން އެދޭ ހެޔޮ ވެރިކަމެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްޕުޅުގައި ދެމި ހުންނަވާނެކަމަށް ވިދާޅުވެފައެވެ. ނަޝީދު ޓުވީޓު ކުރައްވާފައިވަނީ އޭޑީކޭގެ މެޑިކަލް ޓީމާއެެއްކޮށް ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ވަނީ ބަރަކާތްތެރި ފިތުރު އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 08:25 އެހާކަންހާއިރު ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރިންނެވެ. މި ހަމަލާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށި ފާރަވެރިންނަށްވެސް ވަނީ އަނިޔާވެފައެވެ. ހަމަލާ ދީފައިވަނީ ރާއްޖެއިން ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބޮމެއް ސައިކަލެއްގައި ހަރުކޮށްގެންނެވެ. މި މައްސަލައިގައި މިހާނަތަށް 4 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެމީހުން ނިސްބަތްވަނީ ހަރުކަށި ފިކުރަށް ކަމަށް ޕޮލިސް ކަމިޝަނަރ މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button