ޚަބަރުސިޔާސީ

މިދިޔަ ދައުރު މަޖިލީހަށް ވަޑައިނުގަތީ ހައި ރިސްކް މީހަކަށްވީމަ: ގާސިމް

ނިމި ދިޔަ ދައުރުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާތަަކަށް ހާޒިރުވެވަޑައިނުގަތީ އޭނާ އަކީ ހައިރިސްކް ބޭފުޅަކަށްވާތީ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެންބަރުން ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

”އަޅުގަނޑަކީ އެކަމަށް ވަރަށް ސެންސިޓިވް މީހެއް. އެކަން އަޅުގަނޑަށް އެނގެނީ، ޑޮކްޓަރުންގެ ވިދާޅުވާ އަލާމާތްތަކަށް ބަލާއިރު އަޅުގަނޑަކީ ކޮވިޑްގެ ކަންތަކުގައި ވަރަށް އަވަހަށް ބަންބުޅިއަޅުވާލަފާނެ މީހެއް“ ގާސިމް ވިދާޅުވިއެވެ.

ގާސިމް މަޖިލީހަށް ހާޒިރުވެވަޑައިނުގަތް ސަބަބު ހާމަކުރައްވާފައިމިވަނީ އޭނާ މަޖިލީހަށް ހާޒިރުނުވެ މުސާރަ ނަގާކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އައި ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button