ޚަބަރު
މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދީފި
![](https://bonthinews.com/wp-content/uploads/2021/08/maldivian-airlines-dhaka-office.jpg)
މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން މައްސަލަ އެއް މިރޭ 20:50 ވާއިރު ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދީފައިވަނީ ފުވައްމުލަކުން މާލެ އަށް ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓެކެވެ. މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.