ޚަބަރުސިޔާސީ

އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުތަކާއެކު ސަޕޯޓަރުންގެ ފަރާތުން ރައީސް ޔާމީނަށް ލޯތްބާއި ހިތްވަރު!

މިއަދަކީ އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އުފަންދުވެހެވެ. އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުތަކާއެކު ސަޕޯޓަރުންގެ ފަރާތުން ރައީސް ޔާމީނަށް އޮތް ލޯބި ވަނީ މީސް މީޑިއާގައި ހާމަކޮށްފައެވެ. އަދި 5 އަހަރުގެ ޖަލު ހުކުމެއްގައި ޔާމީން ހުންނެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ހިތްވަރުވެސް ދެއްވަމުންނެވެ.

ރައީސް ޔާމީން ވަގުތީގޮތުން ގެޔަަށް ބަދަލު ކުރުމާ ގުޅިގެން އެމަނިކުފާނު މީސް މިޑިއާ ބޭނުން ކުރައްވައެވެ. ގިނަ ބަޔަކު އަންނަނީ ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލްގެ ޒަރިއްޔާއިންވެސް އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުތައް އެމަނިކުފާނަށް ފޮނުވަމުންނެވެ. އަދި އެ ހުރިޙާ ފަރާތްތަކަށް ޔާމީން ޖަވާބު ދެއްވައެވެ.

ސަޕޯޓަރުންގެ ފަރާތުން ރައީސް ޔާމީނަށް ފޮނުވާފައިވާ މެސެޖުތަކުގައި ވަނީ އެމަނިކުފާނަކީ ގޮންޖެހުންތަކާއެކު ދިވެހިރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ހޯއްދަވައިދެއްވި ރައީސެއް ކަން ހާމަކޮށްފައެވެ. އަދި މިއަދު ރާއްޖެ ދެކެމުން އަންނަ ދަރި އުނދަގޫ ދުވަސްތަކުން އަރައިގަތުމަށް އެމަނިކުފާނުގެ މުހިންމުކަން ބަޔާންކޮށްދީފައިވެއެވެ. މީގެ އިތުރުން ޔާމީންގެ ލީޑަރޝިޕްގެ ދަށުން ގައުމަށް ގެނައި ހެޔޮ ބަދަލަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ޔާމީންގެ ސަޕޯޓަރުން ބުނެފައިވާގޮތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެންދިޔައީ ގާނޫނު ނެގެއްހެއްޓުމުގައި ހިކުމަތްތެރިކަމާއި ޖެހިލުން ކުޑަ ކަމެވެ. އަދި އިތުރު ދައުރެއް އެމަނިކުފާނަށް ހައްގުވާ ސަބަބަކީ ދިވެހިވަންތަ ސިފަތަކާއެކު ވެރިކަން ކުރެއްވުމުން ކަމަށްވެސް ބުނެފައިވެއެވެ.

”ރައީސް ޔާމީނަށް އުފާވެރި އުފަންދުވަހަކަށް އެދެން. ތިޔައީ ދިރުމެއް ވާނަމަ، އުންމީދެއް އޮންނާނެކަން އަޅުގަނޑުމެންނަށް ދައްކަވައިދިން ރައީސް. މަނިކުފާނަށް އުފާވެރި މުސްތަގުބަލަކަށް އެދޭ ހާލު، ދުޅަ ހެޔޮ ސިއްހަތެއް މިންވަރުކުރެއްވުން އެދި މާތްﷲ އަށް ދުއާ ކުރަން“ ޔާމީންގެ ސަޕޯޓަރެއް

މަނީ ލޯންޑަރ ކުރެއްވިކަމަށް ބުނެ ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. އެމަނިކުފާނަށް ކުރި ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި، މުޅި ޝަރީއާތް ބިނާކޮށްފައިވަނީ ފާސިގުންގެ ހެކިބަހަކަށް ކަން ޔާމީންގެ ވަކީލުންގެ އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ. ކަފާލާތުގެ ދަށުން ހައި ކޯޓުން އެމަނިކުފާނު ދޫކުރުވެން ނެތްކަމް ނިންމާފައިވާއިރު ދަށު ކޯޓުގެ ހުކުމްވެސް ހައި ކޯޓުން ދަމަހައްޓާފައިވެއެވެ. އެ ކޯޓުގެ ނިންމުން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ. ޖަލުން ގެޔަށް ބަދަލުވުމުގެ ކުރިން ޔާމީން ވިދާޅުވެފައިވަނީ އެނބުރިވަޑައިގަންނަވާނީ ވަރުގަދަކޮށް ކަމަށެވެ. އަދި އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button