ރިޕޯޓްސިޔާސީ

ތާރީހީ ބުރިޖަށް 3 އަހަރު

މާލޭ ހުޅުލެ އަދި ހުޅުމާލެ ގުޅުވާޅުމަކީ ސިޔާސީ ލީޑަރުން ދެކެމުން އައި ހުވަފެނެކެވެ. މިހާރު ފެންނަން އޮތް ސިނަމާލެ ބްރިޖުގެ ”ކްރެޑިޓު“ ނެންގެވުމަށް މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުންވެސް މަދެއްނޫނެވެ. އެހެންނަމަވެސް ފެންނަން އޮތް ހަގީގަތަކީ މާލެ-ހުޅުލެ-ހުޅުމާލެ ގުޅުވާލުމުގެ ވިސްނުމުގެ މަސައްކަތް އަމަލީ ގޮތުން ފަށައި، އެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމެވި ލީޑަރަކީ ކުރީގެ ރައީސް އަދި ދިވެހިރާއްޖެ މިދެކޭ ޒަމާނީ ތަރައްގީގެ ބާނީ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ސިނަމާލެ ބްރިޖު ވެގެން ދިޔައީ އެތައް ރައްޔިތުންގެ ހިތުގެ ތަސައްލީ ތަކަށް ލިބިގެންދިޔަ ވަރަށްވެސް ބޮޑު ލުޔަކަށެވެ. ހުޅުމާލެ އާއި މާލެ އާއި ދެމެދު ދަތުރު ފަތުރު ކުރުމަކީ ހީވެސް ނުކުރާހާ ފަސޭހަ ކަމަކަށް މިވަނީ ވެގެންގޮސްފައެވެ. ވިއްސާރަ ދުވަސް ދުވަހު ސްކޫލަށާއި އޮފީސްތަކަށް މާލެ އަންނަންޖެހޭ ކުދިން އަދި އެއާޕޯޓު ޑިއުޓީއަށް ދާކުދިން މިކަމަށް ހެކި ވާނެއެވެ.

ދަތުރުފަތުރުގެ އިތުރުން މާލެ އަދި ހުޅުމާލޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދިޔަކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކުވެރިންނާއެކު ކޮފީއަށް، އާއިލާ މީހުންގެ އުފަންދުވަސް ފާހަގަކުރަން އަދި ލޯބިވެރިޔާ ގޮވައިގެން ”ޑޭޓަކަށް“ ދެ ރަށުގެ ކެފޭ/ރެސްޓޯރެންޓަކަށް ޒިޔާރަތްކުރަން ފެށިއެވެ. މިފަދަ ކުދި ވިޔަފާރިތަކުގެ ”ޑިމާންޑް“ ދިޔައީ އިތުރުވަމުންނެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ އެ ވިޔަފާރިތަށް ފުޅާވެގެން ދިއުމެވެ. އިތުރު ވަޒީފާތައް އުފެދިގެން ދިއުމެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާވެގެން ދިއުމުން އިތުރު ވަޒީފާ ލިބުނު ފަރާތްތަކުގެ އިތުރުން ސަޕްލަޔަރުންގެ އާމްދަނީ ވެސް ބޮޑުތަނުން އިތުރުވެގެން ދިޔައީއެވެ. މީހުން ދިރިއުޅުމުގެ ފެންވަރު ( ލިވިންގް ސްޓޭންޑާޑް) މަތިވެގެންދިޔައީއެވެ.

ބަޔަކު ”ދަރަނި ދަންތުރަ“ އެއްގެ ގޮތުގައި ސިފަ ކުރިކަމުގައި ވީނަމަވެސް ބްރިޖުގެ ސަބަބުން ދިވެހި އެތަކެއް ރައްޔިތުންނާއި ރާއްޖޭގެ އިގްތިސާދަށް އެތަކެއް ފައިދާތަކެއް މިވަނީ ކޮށްފައެވެ. 3 ރަށާއެކު އެ 3 ރަށުގެ އިގްތިސާދުވެސް މިވަނީ މި ބްރިޖުން ގުޅުވާލަ ދީފައެވެ. މިކަމަށްޓަކައި ދިވެހި ރައްޔިތުން އަބަދުމެ ރައީސް ޔާމީނަށް ޝުކުރުވެރިވުމަކީ ނެތް ކަމެއް ނޫނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button