ޚަބަރުސިޔާސީ

ރައީސް ޔާމީނަށް ކުރީ ނުހައްގު ހުކުމެއްކަން މިދަނީ ހާމަވަމުން: ގައްސާން

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ކޮށްފައިވާ ހުކުމަކީ ނުހައްގު ސިޔާސީ އަނިޔާއެއްކަން ހާމަވަމުންދާ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގައްސާން މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ހަމަ މިހާރުން މިހާރަށް އެމަނިކުފާނު މިނިވަން ކުރަން ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ގައްސާން ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިން ދައުވާ ސާބިތުވާ ކަމަށް ކްރިިނަލް ކޯޓުން ހުކުމް ކުރިއިރު، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރެއްގެ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

ގައްސާން އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން މާތްﷲ ގެ އިރާދަފުޅާއެކު އިންތިހާބު ކުރާނެ ކަމުގައެވެ.

ގައްސާން މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިން ދައުވާ ސާބިތުވާ ކަމަށް ކްރިިނަލް ކޯޓުން ހުކުމް ކުރިއިރު، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރެއްގެ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button