ތިލަމާލެ ބްރިޖު މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިނުވުމުން އަދުރޭގެ ފާޑުކިޔުން

ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫ ކަމިގައިވާ ތިލަމާލޭ ބްރިޖު މަޝްރޫގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ރައީސް ވެސް އަދި ނައިބު ރައީސް ވެސް ބައިވެރި ނުވުމުން އަބްދުއް ރަހީމް އަބްދުﷲ(އަދުރޭ) ފާޑުވިދާލުވެއްޖެއެވެ.
މިއަދު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑާއިގެންނެވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލެވެ. ނަމަވެސް ސަރުކާރުގެ މިހާ ބޮޑު މަޝްރޫއެއްގައި ރައީސް ސޯލިހު އަދި ނައިބު ރައީސް ފައިސަލް ވެސް ބައިވެރިވެވަޑައެއްް ނުގަންނަވައެވެ.
މިކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ރައީސް ވެސް ނައިބު ރައީސް ވެސް ރަސްމިއްޔާތުގައި ބައުވެރި ނުވުމުން ދޭހަވަނީ މި މަޝްރޫއު އާއިމެދު ރައީސް ސޯލިހުގެ ވެސް ޔަގީންކަން ނެތްކަންކަން އަދުރޭ ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖުގައި ސޮއިކުރި ރަސްމިއްޔާތަށް ރައީސް ޞާލިޙް ވެސް އަދި ނައިބް ރައީސް ފައިޞަލް ނަސީމް ވެސް ވަޑައި ނުގަތުމަކީ އެ ޕްރޮޖެކްޓާ މެދު ޚުދު ރައީސް ޞާލިޙަށް ވެސް ޔަގީންކަން ނެތްކަމުގެ އަލިގަދަ ހެއްކެއް #ރައީސްޔާމީންމިނިވަންކުރޭ pic.twitter.com/nXdNIguttg
— Abdul Raheem Abdulla (@Banafsaa) August 26, 2021
ތިލަމާލެ ބްރިޖު މަޝްރޫއަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ފެށުމަށް މީގެ ކުރިން ހަމަޖެހިފައިވާ މަޝްރޫއެކެވެ. މިއަދު ބްރިޖުގެ މަޝްރޫގައި ސޮއިކުރެވިގެން ދިޔަ އިރު މަޝްރޫއު ފެށޭނެ ކަމަށް ވިދާޅުވެ މީގެ ކުރިން ވަނީ ސަރުކާރުން އެކި އެކި ތާރީހުތަށް ދީފައެވެ. މިކަމާ ގުޅީގެން މަޝްރޫއު ކުރިއަށް ދާނެ ކަމާމެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.