ޚަބަރު

ކުރިޔަށް އޮތް ތަނުގައި ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އަރާނެ: އަމީރު

ޗަރުކާރުން ހިންގާ ބިޔަ މަޝްރޫތަށް ނިމި ހިދުމަތް ދޭން ފެށުމުން ރާއްޖޭގެ އިގްތިސާދު ދެ ގުނަ އަށް ކުރިއަރައި ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލަފާކުރައްވައިފިއެވެ.

ތިލަމާލެ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުރީ ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގައި ކަމަށެވެ. އެ އަހަރު ރާއްޖެ އަށް 1.7 މިލިއަން ފަތުރުވެރިން އައި އިރު، އެއީ ރެކޯޑެއް ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން އިސްތިސާދީ ބޮޑު އަނދަވަޅުގަނޑަކަށް ދިވެހި ރާއްޖެ ވެއްޓިފައިވާކަން އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ހާލަތުން އަރައިގަނެވެމުން ދަނީ ސަރުކާރުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ތިލަމާލެ ބްރިޖު މަޝްރޫއު އާއި ގުޅީފަޅުގައި ހެދުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ބަނދަރު ފުރިހަމަވުމާ އެކު، މިއަދަދު ދެ ގުނަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button