ޚަބަރުސިޔާސީ

މަހްލޫފަށް ފުރުސަތު ނުދިން އުސޫލު ސާފުކޮށްދޭން އީސީން އެމްޑީޕީއަށް އަންގައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަނޑައެޅި އުސޫލު ސާފުކޮށްދޭން އިލެކްޝަން ކޮމިޝަނުން އެމްޑީޕީގައި އެދިއްޖެއެވެ.

އިސީގެ ތަރުޖަމާނު ފުއާދް ތައުފީގް، އޮންލައިން ނޫހެއްކަމުގައިވާ ވަގުތަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ކަމުގައި ވަކި ގޮތެއް އެ ކޮމިޝަނަށް ނިންމޭނީ ދެ ފަރާތުން ވެސް ކަން ހިނގައިދިޔަ ގޮތް ސާފުކޮށްގެން ކަމަށެވެ. އެހެންކަމުން މަހްލޫފަށް ފުރުސަތު ނުދިން އުސޫލު ސާފުކޮށްްދިނުމަށް އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި އެދިފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހްލޫފަށް ވާދަ ނުކުރެވޭނެކަން އެންގީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ވަނިކޮށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button