ޚަބަރު

މެންބަރުންގެ ގެއާއި ކައިރިން ޕާކިން ސްލޮޓް ހަމަޖައްސަނީ

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގެކޮޅު ކައިރިން އެ ބޭފުޅުންނަށް ހާއްސަ ޕާކިން ސްލޮޓް ހަމަޖެއްސުމަށް މަޝްވަރާ ފަެށުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމެޓީން ފާސް ކޮއްފިއެވެ.

މި ހުށަހެޅުން ހުށަހަޅަމުން ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހަންމަދު ރާއީ ވިދާޅުވީ ކާރު ގެންގުޅުއްވާ މެންބަރުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ އަމިއްލައަށް ދައކަވާ ގޮތަށް ޕެއިޑް ޕާކިން ސްލޮޓް ހަމަޖައްސަން ޖެހޭކަމުގައެވެ.

ރާއީ އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރުން މިހާރުވެސް ހުރިހާ ވަޒީރުންނަށް އެ ބޭފުޅުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓް ހަމަޖައްސާފައިވާ ކަމުގައެވެ. މީގެ އިރުން މަޖިލީހުގެ މެންބަރުންނަކީވެސް ޝަރަފާއި ގަދަރު ހުންނަ ބޭފުޅުން ކަމަށާއި ގެކޮޅު ކައިރިން ޕާކިން ޕާކިން ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމުގައެވެ. އަދި މިކަމަކީ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ވަރަށް މުހިންމު ކަަމެއް ކަމަށް ވިދާޅުވިއެވެ.

މެންބަރު ރާއީގެ މި ހުށަހެޅުމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ތާއިދު ކުރައްވާފައެވެ. އަދި އެކަން ކުރިއަށް ގެންގޮސް މަޝްވަރާ ފަށަން އެހެން މެންބަރުން ވެސް އެއްބަސްވެ ވަނީ ކޮމެޓީން ފާސްކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button