ޚަބަރު

ތިލަމާލެ ބްރިޖު އަޅަން އެފްކޮންއާއި އެކު ސޮއި ކޮއްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އިންޑިއާގެ އެފްކޮން އިންފްރާސްޓްރަކްޗާ ލިމިޑެޓާއި އެކު މިއަދު ސޮއި ކޮށްފިއެވެ.

”ގްރޭޓާ މާޅެ ކަނެކްޓިވިޓީ ބްރިޖު“ ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިއާ އަހްމަދު ހަމީދެވެ. އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އެފްކޮން، އާރް އަންދަ ކުމާރެވެ.

ބްރިޖުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓާ އިބްރާހިމް އަމީރާއި އިކޮނެމިކް މިނިސްޓާ ފައްޔާޒު އިސްމާއިލާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯޒްވޭއަކުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

މި މަޝްރޫއަށް އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ވަނީ އިންޑިއާއިން ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button