ޚަބަރު

އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލަށް ދީ: ސައްލެ

މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ބިންތައް އަތޮޅު ކައުންސިލްތަކަށް ދޭން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައްވައިފި އެވެ.

މަޖިލީހުގައި ކުރި ބަހުސްގައި ސަލީމް ވިދާޅުވީ މާލޭގައި ހުރި އަތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ގިނަ ރައްޔިތުން މަސައްކަތް ކޮށްގެން އުފައްދާފައި ހުރި އިންވެސްޓްމަންޓްތަކެއް ކަމަށެވެ.

އެތަނުގެ ރަޖިސްޓްރީ ފިނޭންސް މިނިސްޓްރީއަށް އޮތްކަމުގައި ވީނަމަވެސް 2016 ވަނަ އަހަރާއި ހަމައަށް އެ ތަންތަނުގެ ކުލިން ލިބެމުން ދިޔަ އާމްދަނީގެ 50 ޕަސެންޓް ދިޔައީ އަތޮޅުތަކަށް ސަލީމް ފާހަގަ ކުރެއްވިއެވެ.

”ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް އެބަ ލިބޭ 20 އަކަށް މިލިއަން ރުފިޔާ. އަޅުގަނޑު ދެކޭގޮތުގައި މި ދަނޑިވަޅަކީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރި ކުރުމުގެ މަސައްކަތް ހިނގަމުންދާ ދަނޑިވަޅުކަމަށް ވުމާއެކު އަޅުގަނޑު އެދެން ސަރުކާރުން ވިސްނާވަޑައިގަތުމަށް މިތަންތަނުގެ މިލްކުވެރިކަން އަތޮޅުތަކަށް ބަދަލު ކުރަން. އަތޮޅު ކައުންސިލްތަކުގެ ދަށުން ހިންގާ ނުވަތަ އިންވެސްޓް ކުރެވޭނެ މަގު ތަނަވަސް ވެގެން ދިއުން،“ ސަލީމް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބަދަލާއެކު ކުރިއެކޭ އެއްގޮތަށް އެ ފިހާރަތަކުން ލިބޭ އާމްދަނީގެ 50 ޕަސެންޓް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އަތޮޅުތަކާ ހިއްސާކުރަން ސަރުކާރުން ވަނި ނިންމާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button