ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ޔާމީންގެ ހަައްގަކަށް އަރަައިގަތުން: ޔާމީންގެ ވަކީލުން

ކުރީގެ ރާއީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މީރާއަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކައިގެން ބަންޑާރަނައިބުގެ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެމަނިކުފާނުގެ ހައްގަކަށް އަރައިގަތުން ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ބަންޑާރަ ނައިބުގެ އފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް 26 ޖޫން 2021 ގައި މީރާއިން އެދުމުން ވެސް އެފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ބަންޑާރަނައިބުގެ އޮފީހުން އިއްޔެ ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމުގައެވެ.
މިކަމާ ގުޅިގެން ރައިސް ޔާމިންގެ ވަކީލުންގެ ޓީމުން މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ގަޟިއްޔާގެ ހުކުމުން ރައީސް ޔާމިން ދައްކަން ޖެހޭ ކަމށް ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާގެ މައްސަލަ ސުޕްރީމް ކޯޓުގައި ވާނީ އިސްތިއުނާފު ކޮއްފަކަމަށެވެ. އަދި އެކަން މީރާ އަށާއި ކަމާބެހޭ މުއައްސަސާތަކަށް ވާނީ ލިޔުމުން އަންގާފައިކަމަށެވެ.
މައްސަލަ އިސްތިއުނާފު ކޮއްފައި ވަނިކޮށް، ދަށު ކޯޓުގެ ހުކުުގެ ޖޫރިމަނާ އާއިގުޅޭ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑައި ގަންނަވާ އިސްތިއުނާފު ކުރުމުގެ ހައްގައް ދައުލަތުން ހުރަސް އެޅުން ކަމުގައި ދެކެމެވެ.
ރައީސް ޔާމިންގެ ވަކީލުން ވިދާޅުވީ ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކީ މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ފޯކަސް ބަދަލުކޮށް، އަދި ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ކޮއްފައިވާ ބޯދެތި ކޮރަޕްޝަންގެ ތުހުމަތުތަށް އޮއްބާލުމަށް ދައުލަތުން ކުރާ ވަރަށް ފިނޑި ކަމެއްކަމުގައެވެ.
މީގެ އިތުރުން ވަކީލުން ވިދާޅުވީ ބަންޑާރަ ނައިބުގެ ނިންމެވުމަކީ ރއިސް ޔާމީން އާއި ޒާތީގޮތުން ދިމާކޮށް، ފުރައްސާރަ ކުރުމުގެ ގޮތުން ހިންގާ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް އަމަލެއް ކަމުގައެވެ.