
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ލ.ގަމު ދާއިރާގެ ރައީސް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާދަކުރައްވަން ނިންމަވައިފިއެވެ.
ފައްޔާޒް ވަނީ މިއަދު އެ ދާއިރާއަށް ވާދަކުރައްވާނެކަން ހާމަކުރައްވާ ކެމްޕެއިން ފައްޓަވައިފައެވެ.
ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދދު ސޯލިހުގެ ކެބިނެޓުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ފައްޔާޒު މަގާމުން ދުރުކުރުމަށް ވަރަށް މަސައްކަތް ކޮށްފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު މަހެއްހާ ދުވަސްތެރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕާޓީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ 2023 ގެ ރިޔާސީ އިންތިޚާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.