ހުޅުދެލި ބަނދަރު ފުންކުރުމުގެ ބޮޑު ބައެއް ނިމިއްޖެ

ދ. ހުޅުދެލި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީއިން މިއަދު ބުނެފިއެވެ.
މީގެ އިތުރުން އެމްޓީސީސީއިން ބުނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް 23 އޯގަސްޓް 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
އެމްީސީސީއިން މައުލޫމާތުދޭ ގޮތުގައި މަޝްރޫޢުގެ ދަށުން 49,612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން ކުރިއަށް ދާނެއެވެ. މީގެ އިތުރުން 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 1,645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.
ދ. ހުޅުދެލި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 82 ޕަސެންޓް މިހާރުވަނީ ނިމިފައި. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް 23 އޯގަސްޓް 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައި. #MTCCProjects #RayyithungeKunfuni pic.twitter.com/1zg3iOdo96
— MTCC Plc (@MTCCPlc) August 24, 2021
މި މަޝްރޫޢަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމޓީސީސީއިން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަމުންނެވެ.