ޚަބަރުސިޔާސީ

މޯލްޑިވިއަން އަށް ބޮއިން 8-787 ޑްރީމްލައިނާ މަރުކާގެ ބޯޓެއް ކުއްޔަށް ނަގަނީ

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ބޮއިން 8-787 ޑްރީމްލައިނާ މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ވަނީ ބޮއިން 8-787 މަރުކާގެ ބޯޑެއް ޑްރައި ލީޒްކޮށްދޭނެ ފަރާތެއް ހޯދަން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައި ސަރުކާރުގެ ގެޒެޓްގައި އިއުލާންކޮށްފައެވެ.

މޯލްޑިވިއަން އިން ބުނީ، ރިކުއެސްޓު ފޯ ޕްރޮޕޯސަލް (އާރުއެފްޕީ)ގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަ އަހަރު ދުވަހުގެ މުއްދަތަށް ބޮއިންގް ބީ787-8 މަރުކާގެ މަތިންދާބޯޓު ޑްރައި ލީޒް އުސޫލުން ދިނުމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ބޯޓު ކުއްޔަށް ނަގަން ބޭނުންވަނީ ހަ އަހަރުގެ މުއްދަތަށް 270 ސިޓީގް ޖާގަ ހުންނަ ފްލައިޓެއް ކަމަށެވެ.

އެ ބޯޓަކީ އިކޮނޮމީ އަދި ބިޒްނަސް ކްލާސް ހިމެނޭ ބޯޓަކަށް ވާންޖެހޭނެ ކަމަށާއި ބިޒްނަސް ކްލާހުގެ އެންމެ މަދުވެގެން 15 އާއި 20 ދެމެދުގެ ޖާގަ ހުންނަންވާނެއެވެ.

ބިޑް ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ނިޔަލަށް ބިޑް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button