ޚަބަރުސިޔާސީ

އިދިކޮޅު ފަރާތްތަކާ ސަލާންކުރުމުން ފެނަކައިގެ ބައެއް މުވައްޒިފުން ވަޒީފާއިން ވަކި ކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ލީޑާޝިޕްގެ ބޭފުޅުން ދ.އަތޮޅަށް ކުރަމުންދާ ދަތުރުގައި އެ އަތޮޅު ފަރެސްމާތޮޑާއަށް ފަރެސްމާތޮޑާއަށް ޒިޔާރާތްކުރި ދުވަހު، އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނަށް މަރުހަބާ ކިޔަން ނުކުތް ފަހުން އެރަށު ފެނައިކައިގެ މުވައްޒިފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަހުމަދް ޝިޔާމް ކުރެއްވި ޓްވީޓެގައި ވިދާޅުވީ އެދަތުރުގެ ތެރެއިން ފަރެސްމާތޮޑާއަށް ޒިޔާރަތްކުރި ދުވަހު ބަނދަރަށް ސަލާންކޮށްލަން ދިޔަ ކަމަށްޓަކައި އެރަށު އެތައް ޒުވާނެއް ފެނަކައިން ވަޒީފާއިން ވަކި ކުރިކަމަށެވެ.

އޮންލައިން ނޫހެއްކަމުގައިވާ ”ވަގުތު“ އަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ މީގެ ދެ ދުވަސް ކުރިން އެބޭފުޅުން އެ ރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް 10 ޒުވާނުންނަށް ގޭގައި މަޑު ކުރަން ފެނަކައިން އަންގާފައިވާ ކަމަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button