ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ފަށަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ފެށުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން( އެޗްޑީސީ) އިން ތައްޔާރު ވެއްޖެއެވެ.

އެޗްޑީސީ އިން މިއަދު ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމުގައެވެ. އެކަމަކު ވިއްކަން ހުޅުވާލާފައިވަނީ ކިތައް ބިންކަމެއް އަދި އެ ބިންތައް ވިއްކާ އަގެއްވެސް ހާމައެއް ނުކުރެއެވެ. އެޗްޑީސީއިން ބުނިގޮތިގައި އެ މައުލޫމާތު އާންމުކުރާނީ ބިން ވިއްކުމަށް ހުޅުވާލާއިރުއެވެ.

މިފަހަރު ބިން ވިއްކުމަށް ހުޅުވާލާއިރު މީގެ ކުރިން ހުޅުމާލެއިން ބިމެއް ގަނެފައިވާ މީހުންނަށް އެ ފުރުސަތެއްނުލިބޭނެކަމުގައެވެ. އެޗްޑިސީއިން ބުނިގޮތުގައި މިފަހަރު ބިން ވިއްކާނީ މުޅިން އަލަށް ބިން ގަންނަ ފަރާތްތަކަށް އެކަންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަނީ 240 ހެއްކަޓުރުގެ ބިން ހިއްކާފައެވެ. އެޗްޑީސީ އިން މީގެ ކުރިން ބުނިގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑުބައެއް ހިއްސާކުރާނީ އާންމުންނަށް އިޖްތިމާއި އަދި އަތްފޮރާ ފަށެއްގައި ބޯހިޔާވަހިކަން ފޯރުކޮއްދޭން ތައާރަފް ކޮއްފައިވާ މަޝްރޫއުތަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button