ޚަބަރު

ފުލުހުންގެ ސިސްޓަމްތައް ޑައުން ވުމުގެ ސަބަބުން ބަންދު މީހުނަށް ވަކީލުން އައްޔަން ކުރުމުގެ ދޮރު ބަންދު ވެއްޖެ

އަތޮޅުވެހީގައި ހުންނަ ފުލުހުންގެ ސިސްޓަމް ޑައުންވެ ފުލުހުން މިއަދު އެތަނުން އެއްވެސް ހިދުމަތެއް ނުދޭކަން އެނގިއްޖެއެވެ.

މާލެއިން ހައްޔަރުކޮށްފައި ތިބޭ މީހުންނަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ނުލިބި ބަންދުގައި ތިބި މީހުނަށް އެއްޗެހި ހަވާލު ކުރަން ދިއުމުން ފުލުހުންވަނީ އެތަކެއްޗާއި ހަވާލުވުމަށް ދެކޮޅުހަދާފައެވެ.

ހައްޔަރުކޮށްފައިވާ މީހުނަށް ގަނޫނީ ވަކީލުން އައްޔަން ކުރުމުގެ ފުރުސަތު ގާނޫނުން ލިބިދެވޭއިރު، އެއީ އެފަރާތްތަކަށް ލިބެދޭން ޖެހޭ ހައްގެއް ކަމަށާއި ކޮންމެ ހާލަތެއްގައިވެސް އެ ހައްގު ނިގުޅައިނުލެވޭނެކަމަށް ދިފާއީ ވަކީލު ނޫރުއްސަލާމް ”ވަގުތު“ ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައިވެއެވެ. އަދި ފުލުހުންނަށް އެ ހައްގު ނުހިފެހެއްޓޭނެ ކަމަށާއި، ސިސްޓަމް ޑައުންވެއްޖެނަމަ، މެނުއަލްކޮށް އިންތިޒާމް ހަމަޖައްސައިގެން ގާނޫނީ ވަކީލުންގެ ހައްގު އެ ފަރާތްތަކަށް ލިބިދޭންޖެހޭ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button