ޚަބަރުސިޔާސީ

ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންނަށް: ރައީސް

ރާއްޖޭގައި ވެރިކަން ކުރަންޖެހޭ ނިޒާމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދިވެސް ވިދާޅުވަނީ އެކަމާ ގޮތް ނިންމާނީ ރައްޔިތުން ކަަމަށް ރައީސް އޮފީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލާފައެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ މިކަމަށް ތާއީދު ކުރައްވާކަން ފާހަގަކުރަމުންނެވެ. އަދި އެމްޑީޕީ ތެރެއިން ވަނީ ބަރުލަމާނީ ނިޒާމް ގެންނަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް ފަަށައިފަ އެވެ.

މިކަމުގައި ރައީސް ސޯލިހުގެ ބަހެއް ހޯދުމަށް އޮންލައިން ނޫހެއް ކަމުގައިވާ ”މިހާރު“ން ސުވާލު ކުރުމުން ރައީސް އޮފީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނިޒާމުގެ މައްސަލާގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސް އަދިވެސް ވިދާޅުވާ ކަމަށެވެ.

”ރައީސް ވިދާޅުވީ ރައްޔިތުންގެ ނިންމުމަކަށް ހުށަހަޅުއްވާނެ ކަމަށް،“ މަބްރޫކް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމު ރާއްޖެއަށްގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ވަރަށް މަސައްކަތް ކުރައްވަމުންނެވެ. ކުރިޔަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މެންބަރުންނަށް ކަމަށްވެސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button