50% ދަރިވަރުން ވެކްސިން ޖަހައިފި
ރާއްޖޭގެ އާބާދީގެ 12 އަހަރާ 17 އަހަރާ ދެމެދުގެ އާބާދީގެ %50 އަށްވުރެން ބޮޑު އާބާދީއަކަށް ވެކްސިން ދެވިފަވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނިީ 12 އަހަރާއި 17 އަހަރާ ދެމެދުގެ 20،239 ކުދިންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒްދެވިފަވާކަމަށެވެ.
— ރާއްޖޭގެ އާބާދީގެ 12އަހަރާއި 17 އަހަރާ ދެމެދުގެ 20,239 ކުދީންނަށް ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދެވިއްޖެ
— މިއީ މި ކެޓަގަރީގެ %50 އާބާދީއަށްވުރެ އިތުރު އަދަދެއް
— މިއީ ރާއްޖޭގެ ދަރިވަރުންގެ ރައްކާތެރި ކަމަށް ކުރެވެމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް pic.twitter.com/b41AZsnTuE— Ministry of Education (@MoEdumv) August 22, 2021
ރާއްޖޭގައި މިހާރުދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އާބާދީގެ އެންމެންނަށް ވެކްސިން ދިނުމަށް ބޮޑު ކެމްޕޭނެއްވެސް ކުރިއަށް ގެންދަމުންނެވެ.