ޚަބަރުސިޔާސީ

އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަންނަން އެދިއްޖެ

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްގައްޔޫމުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ އާރަށުގެ މައްސަލާގައި, ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި, އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔާތުގެ ހެކިބަސް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގ ގެ ދަޢުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކުރެ އެވެ.

މި މައްސަލާގައި މިހާރު ކުރިއަށްދަނީ ހެއްކާއި ގުޅިގެން ވާހަކަ ދެއްކުމެވެ. އެގޮތުން މިއަދު އޮތް އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އަދީބާއި، ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންފަ އެވެ.

ޔާމީންގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިގަތުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި، އެ ދެ ހެކިންގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހެޅިފައިނުވާ ހާލަތެއްގައި އެ ދެ މީހުންގެ ހެކިބަސް ބަލައިނުގަތުމަށް މީގެ ކުރިން ނިންމާފައިވާ ނިންމުމާ ހަވާލާދީ އޭނާ ވިދާޅުވީ އެ މައްސަލައިގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންވެ، އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކާ ނުލާ އެ ހެކި ބަލައިނުގަތުމަށް ދިފާއުން އެދުނެވެ.

މި މައްސަލާގައި އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ކުރިންވެސް ސުޕްރީމްކޯޓު މަރުހަލާއިން ވަނީ ނިންމާފައެވެ.

One Comment

  1. ތިންމީހުން އެކުގައި ހިންގި ޖަރީމާއެއް ގައި ދެމީހަކު ހައްޔަރުވުމުން އެދެމީހުން، ތިންވަނަ މީހާގެ ވާހަކަ ބުނީމަ އެކަން ޤަބޫލު ކުރިޔަނުދޭން ތިޔަ އުޅެނީ ކީއްވެ…؟ ތިންވަނަ މީހާ އޮތީ މާކުރިން އިޢުތިރާފުވެފަ އޭނާގެ ގެއަށް ފައިސާ ވެއްދިކަމަށް…. އެވަރުންވެސް ހެކިބަސް ޤަބޫލް ނުކުރަންވީ ތޯ…؟ ީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button