ޚަބަރުސިޔާސީ

ހުކުމާ އެއްގޮތަށް ވެންޓިލޭޓަރުގެ ބަދަލު ނުލިބިދާނެ: އުޝާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދުބާއީގެ ކުންފުންޏެއްކަމަށްވާ ”އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް“ އާ ހަވާލުކޮށްގެން ކޮވިޑު ދުވަސްވަރު ރާއްޖެއަށް 75 ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި އާބިޓްރޭޝަނުގެ ހުކުމާ އެއްގޮތަށް ވެންޓިލޭޓަރުގެ ބަދަލު ނުލިބިދާނެކަމުގެ ބިރު އެބައޮތް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނީ ސަރުކާރުން ކަމުގައެވެ.

އާބިޓްރޭޝަނެއްގައި ދެ ފީ ވެސް ދައްކަންޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އާބިޓްރޭޝަން މައްސަލަ ރައްދުވާ ފަރާތުން ވެސް ފީއެއް ދައްކަން ޖެހޭކަމުގައެވެ.
”އާބިޓްރޭޝަނަށް ދެކޮޅުން ދައްކަން ޖެހޭ ފައިސާ ވެސް ދައްކަން ޖެހުނީ ސަރުކާރަށް“ އުޝާމް ވިދާޅުވިއެވެ.
އާބިޓްރޭޝަން ސެންޓަރުން ކުރި ހުކުމުގައި 2 މިލިއަން ޑޮލަރު ދެއްކުމަށް އެގްޒިކިއުޓާސްއަށް ހުކުމްކުރި ނަމަވެސް، އެ މައްސަލާއި ގުޅިގެން ޝަރީއަތުގެ އެއްވެސް އަޑުއެހުމަކަށް އެ ކުންފުނީގެ ބަޔަކު ހާޒިރުނުވާ ކަން އުޝާމް ފާހަގަކުރެއްވިއެވެ.

75 ވެންޓިލޭޓަރުގެ ތެރެއިން ރާއްޖެއަށް ގެނެވިފައިވަނީ 15 ވެންޓިލޭޓަރެވެ. ބާކީހުރި ވެންޓީލޭޓަރުތަށްކަށް ވީގޮތެއް ނޭނގެއެވެ. އެ މައްސަލާގައ ި32 މިލިއަން ރުފިޔާގެ ހިޔާނާތުގެ ބޮޑު ތުހުމަތެއް ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންގެ މައްޗަށް ވަނީ ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button