
ގާނޫން ތަންފީޒު ކުރަން ޖެހުމުން ލާމަރުކަޒީ ނިޒާމް އެމްޑީޕީގެ ދަރިއަކަށް ނުވި ކަމަށް ބުނެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަދި މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދް ނަރީޝް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ދުވަސްވަރު ސަރުކާރުން ވިސްނައިދެމުން ދިޔައީ ލާމަރުކަޒީ ނިޒާމަކީ އެބޭފުޅުންގެ ”ދަރިއެއް“ ކަމަށެވެ. އެހެންނަމަވެސް ގާނޫނު ތަންފީޒް ކުރަން ޖެހުމުން އެކަން ކުރުމަށް ސަރުކާރު ނުކުޅެދިފައިވާކަން ނަރީޝް ވަނީ ފާހަގަކުރައްވާފައެވެ.
އިންތިހާބުގެ ދުވަސްވަރު ސަރުކާރުން ވިސްނައިދެމުން ދިޔައީ ލާމަރުކަޒީ ނިޒާމަކީ އެބޭފުޅުންގެ ދަރިއެކޭ ކިޔާފައި، އަމަލީ މައިދާނުގައި ޤާނޫނު ތަންފީޒު ކުރަން ޖެހުމުން ސަރުކާރު ޕާޓީއަށް މެޖޯރިޓީ ނުލިބުނީމާ މި ފެންނަނީ ނިޒާމް އޮޅާލާ ކައުންސިލްގެ އިހްތިސާސް އަށް އަރައިގަންނަ މަންޒަރު!
— Ahmed Narysh (@ahmed_narysh) August 17, 2021
ނަރީޝް އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް މެޖޯރިޓީ ނުލިބުމުން ގާނޫނު ތަންފީޒު ކުރުމުގެ ބަދަލުގައި މުޅި ނިޒާމް ”އޮޅާލާ“ ކައުންސިލްގެ އިހްތިސާސްއަށް ސަރުކާރުން އަރައިގަންނަކަމުގައެވެ.
ނަރީޝް މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް އެއްބާރުލުން ނުދޭކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.