ޚަބަރުސިޔާސީ

ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކި ކުރުމަށް ސުލޫކީ ކޮމިޓީއަށް ހުށައަޅައިފި

ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުން، ޖިންސީ ކުށުގެ ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށައަޅައިފިއެވެ.

އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅީ ރޭ އޮތް އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ޖޭޕީގެ ރައީސް ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން އޭނާއަށް އަންގާފައެވެ. އެހެންނަމަވެސް އަލީ ވަހީދު އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އެ އޮފީހުގެ 15 އަންހެނުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 7 ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ވަނީ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button