ޓެރަރިޒަމާއި ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަން ފަށައިފި

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ އޮނިގަނޑު އެކުލަވާލައި، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި، އެފަދަ މައުލޫމާތުތައް ހިއްސާ ކުރުމުގެ މަސައްކަތް މިއަދު އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ފެށުނީ ޓެރަރިޒަމާ ގުޅޭ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާ އެކުގައިކަން އިމްރާން ވަނީ ފާހަގަ ކުރައްވާފައެވެ.
އިމްރާން އިތުރަށް ވިދާޅުވީ އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް އޮޮތް ތަނުގައި ކުރަމުންދާނެ ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 3-19 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އެކުލަވާލަންޖެހޭ ޓެރަރިޒަމާާ ގުޅޭ އިންޓެލިޖެންސް ހިއްސަަކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށިއްޖެ.
.— Imran Abdulla (@ShimranAb) August 17, 2021
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ކަމާބެހޭ އިދާރާތަކުގެ ހިއްސާކުރުމާ ބެހޭ އޮނިގަނޑެއް ހޯމް މިނިސްޓަރު އެކުލަވާލަން ޖެހޭނެ އެވެ. އެހެންނަމަވެސް އެ އޮނިގަނޑު މިހާތަނަށް އޮތީ އެކުލަވާނުލަ އެވެ.