ޚަބަރުސިޔާސީ

ސަރުކާރުގެ ފަރާތުން މަޖިލީހަށް 32 ބިލެއް ހުށަހަޅައިފި!

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގިނަ ބިލުތަކެއް ހުށަހަޅައިފިއެވެ.

މިއަހަރުގެ 3 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ބިލުތަކާއި، ގާނޫނުތަކަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ތަފްސީލް ވިދާޅުވެދެއްވާފައެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ހިމަނާފައިވާ ބިލުތަކާއި ގާނޫނުތަކަށް ގެންނަން ބޭނުންވާ އިސްލާހުތައް

  1. ހެއްކާއި ބެހޭ ބިލު
  2. ކާބޯތަކެތީގެ ބިލު
  3. އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  4. ގިންތި ކަނޑައެޅުމާއި، ދަރަޖަ ކުރުމުގެ ބިލު
  5. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލު
  6. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލު
  7. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  8. މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލު
  9. ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  10. މަސްތުވާ ތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  11. ދިވެހި ރައްޔިތުންގެ ދީނީ އެެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  12. ހައްޖާއި އުމްރާގެ ކަންކަން އިންތިޒާމް ކުރުމާ ބެހޭ ބިލު
  13. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  14. ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  15. ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  16. ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
  17. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  18. އިޖުތިމާއީ މަސައްކަތްތެރިންގެ ބިލު
  19. ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  20. ފޮރިން އިންވެސްޓުމެންޓުގެ ބިލު
  21. އިލެކްޓްރޯނިކް މުއާމަލާތްތަކާއި ބެހޭ ބިލު
  22. ކުންފުނީގެ ބިލު
  23. ޓްރޭޑްމާކުގެ ބިލު
  24. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  25. މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު
  26. އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލު
  27. މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު
  28. ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމުގެ ބިލު
  29. ކުނި މެނޭޖު ކުރުމާއިބެހޭ ބިލު
  30. ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  31. ކްލައިމެޓް އިމާޖެންސީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  32. ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މަޖިލީހުގެ ނިމިދިޔަ ދައުރު ނިމުނު އިރު ބަހުސް މަރުހަލާގައި އޮތީ އެންމެ ދެ ބިލެކެވެ. ގިނަ ބިލުތައް ހުރީ ކޮމެޓީ މަރުހަލާގައެވެ. އެހެން ކަމުން ދެން ބަހުސް މަރުހަލާ ފެށިގެންދާނީ ސަރުކާރުގެ ފަރާތުން ހުށަހަޅާ އައު ބިލުތަކުންނެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button