ޚަބަރުސިޔާސީ

ގަދަވެ ސަލާމަތުން މިހިރީ، ލޯންޗު ގޮއްވާލި މައްސަލަ އަލުން ބެލުން މުހިންމެއް ނޫން: ރައީސް ޔާމިން

ފިނިފެންމާ ލޯންޗު ނުގޮވާ ކަމަށް ސަރުކާރުން ނިންމަން އުޅުނަސް އެއީ ބިރުވެރި ހާދިސާއެއް ކަމަށާއި، އެ ހަމަލާގެ ފަހުން މިއަދު ހުންނެވީ ގަދަވެ ސަލާމަތުން ކަމަށާއި، އެ މައްސަލަ އަލުން ބެލުން ދެން މުހިންމު ނޫން ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ އެ މައްސަލައިގެ އެންމެ ބޮޑު ތުހުމަތެއް ކުރެވުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ސަރުކާރުން ޕްލީ ބާގެއިން އެއްބަސްވުމެއް ހަދައި އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗު ގޮއްވާލި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިންމި ގޮތް ހަމަ އެކޯޓުން އަލުން ރިވިއުކުރުމަކީ ކަންބޮޑުވުމެއް ކަމުގައެވެ.

”ވަރަށް ބޮޑެތި އާ ހެކި ހުރެގެން ނޫނީ އެ މައްސަލަ ރިވިއު ކުރެވެންވާނެ ކަމަކަށް ނުދެކެން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެ މައްސަލަ އަލުން ބަލަން ނިންމިއަސް ބައެއް ސިޔާސީ ފަރާތްތަކުން ނިންމާނީ އެއީ ބަދަލު ހިފުން ކަމުގައެވެ. ޔާމީންގެ ވާހަކަފުޅު ހުރިގޮތުން ލޯންޗު ގޮއްވާލި މައްސަލަ ބެލުމަށްވުރެ މައްސަލަތައް ހައްލު ކުރުން މުހިންމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button