އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން އަލަށް އުފައްދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ އިހުސާން މިއަދު ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި ވާގޮތުން އިހުސާން ވަނީ އެމްއެންޕީ އަށް ވަރަށް ތައުރީފު ކޮށްފައެވެ. އެގޮތުން އެމްއެންޕީގެ ޗާޓަރުގައި ގައުމާއިމެދު އޮތް ތަސައްވުރާއި އޭނާ ގައުމަށް އެދޭ ގޮތާއި ދިމާވާކަން އިހުސާން ވަނީ ފާހަގަކުރަށްވާފައެވެ.
https://twitter.com/ali_ihusaan/status/1427166144046108676?s=20
ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްއެންޕީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ޖުލައި މަހުގެ 15 ގައެވެ. ގާނޫނު ބުނާ ގޮތުން ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި މަދުވެގެން 3000 މީހުންގެ ސޮޔާއެކު އެ ޕާޓީއެއް ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅަން ޖެހެއެވެ.