ޚަބަރު

މެޗުގެ އިތުރު ޓިކެޓު މިރޭ ސޯޝަލް ސެންޓަރުން ވިއްކަން ނިންމައިފި

މިހާރު ކުރިއަށްދާ ސާފް ޗެންޕިއަންޝިޕް މުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ރާއްޖެ އަދި ސްރީލަންކާ ބައްދަލު ކުރާ މެޗުގެ އިތުރު ޓިކެޓު މިރޭ 20:00 ގައި ސޯޝަލް ސެންޓަރުން ވިއްކުމަށް އެފްއޭއެމް އިން ނިންމައިފިއެވެ.

މިރޭ ސޯޝަލް ސެންޓަރުން ވިއްކުމަށް ހަމަޖެހިފައިވަނީ 1،000 ޓިކެޓެެވެ.

އެފްއޭއެމްއިން ބުނި ގޮތުގައި ބުނީ މިއީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް ވިއްކަން ނިންމި 1،000 ޓިކެޓް ކަމަށާއި މި ޓިކެޓްތައް ވިއްކަން ފަށާނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުން ކަމަށެވެ. މީހަކަށް ވިއްކާނީ އެންމެ ޓިކެޓެކެވެ.

މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ހެނދުނުން ފެށިގެން ގަލޮޅު ދަނޑު ކައިރީ ގިނަ ބަޔަކު ކިއޫގައި ތިބި ނަމަވެސް ޓިކެޓު ހުސްވުމުން ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button