ޚަބަރުސިޔާސީ

ގައުމީ ޔުނިވަރސިޓީގައި މިހާރު ފަތުރަން އުޅެނީ ގާނޫނު އަސާސީއާ ހިލާފް ވިސްނުންތަކެއް: ޑރ.ޖަމީލް

ގައުމީ ޔުނިވަރސިޓީގައި މިހާރު ފަތުރަން އުޅެނީ ގާނޫނު އަސާސީއާ ހިލާފް ވިސްނުންތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔުނިވަރސިޓީތަކަކީ އިލްމީ، ގާނޫނީ އަދި އިޖުތިމާއީ ވިސްނުން ފުޅާކުރަން ދަސްކޮށްދޭންޖެހޭ ތަންތަން ކަމުގައެވެ.

”ޔުނިވަރސިޓީއިން މުވައްޒަފުންނާއި ދަރިވަރުންގެ ވިސްނުން އަޅުވެތިކުރުމަކީ ޣައިރުގާނޫނީ ކަމެއް.“ ޖަމީލް ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ މުވައްޒަފުން ސަރުކާރާއި ދެކޮޅަށް ހިޔާލުފާޅުކުރުން މަނާ ކަމެއްގެ ގޮތުގައި އެ ޔުނިވާސިޓީ އިން ވަނީ ކަނޑައަޅާފައެވެ.

އެގޮތަށް ނިންމާފައިވަނީ ގައުމީ ޔުނިވާސިޓީ ކައުންސިލްގެ 298 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި މުވައްޒަފުން މީސްމީޑިޔާ ބޭނުން ކުރުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލެއް ކައުންސިލްގެ އިއްތިފާގުން ފާސްކުރިއެވެ.

އެ އުސޫލުގައިވާގޮތުން ރައްޔިތުން ހޮވާފައިވާ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މަގާމެއްގައި ހުރި މީހަކާ މެދު ރުޅިވެރިކަން އުފެދޭ ކަހަލަ ޝުއޫރެއް މީސްމީޑިޔާގައި ހާމައެއް ނުކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button