ޚަބަރު

ދާންދޫގައި ހަށި ވިއްކަން ތިބި 7 މީހަކު ހައްޔަރު ކޮށްފި!

ގއ.ދާންދޫގައި ހަށި ވިއްކަން ތިބި 7 މީހުން ފުލުހުން ހައްޔަރު ކޮށްފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ފުރަތަމަ ވިދާޅުވީ 3 މީހުން ހައްޔަރު ކުރީ އެ ރަށުގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމުގައެވެ.

އެކަމަކު ފަހުން ފުލުހުން ވިދާޅުވީ ދިވެހި ދެ އަންހެނުންނާއި ދިވެހި ދެ ފިރިހެނުންނާއި ތިން ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ދިވެހި އަންހެނަކާއި 24 އަހަރުގެ ދިވެހި އަންހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެއްސެކެވެ. އަދި 25 އަހަރުގެ ބިދޭސީ ފިރިހެނަކާއި 26 އަހަރުގެ ބިދޭސީ ފިރިހެނަކާއި 27 އަހަރުގެ ބިދޭސީ ފިރިހެނަކުވެސް ހައްޔަރުކުރިއެވެ.

މީސް މީޑިއާގައި ބުނެފައިވާގޮތުގައި ދާންދޫ ގެއެއްގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ 2 އަންހެނަކާއި 3 ބިދޭސީން ޖިންސީ ގުޅުން ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ ރިޕޯޓު ކޮށްފައިވެއެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button