ޚަބަރުސިޔާސީ

ރައީސް ޔާމީނަށް އެކެނި ދައުވާ ކުރުމަށްވުރެ ބޮޑަށް ދައުލަތް އޮރިޔާން ވާނެ ކަމެއް ނެތް: ރައީސް ނަޝީދު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެކެނި ދައުވާ ކުރުމަށްވުރެ ބޮޑަށް ދައުލަތް އޮރިޔާން ވާނެ ކަމެއް ނެތް ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ދައުވާތައް ނުކުރެވިގެން އުޅޭ ސަބަބެއް އޮވެގެން ނުވާނެ ކަމުގައެވެ.

”ރައީސް ޔާމީނަށް އެކަނި ދައުވާ ކޮށްފަ ނިންމާލުމަކީ ވަރަށް ހުތުރު ކަމެއް. އެއަށްވުރެ ބޮޑަށް ދައުލަތް އޮރިޔާން ވާނެ ކަމެއް ނެތް.“ ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި ކަމަށް ބުނާ 200 އަށްވުރެ ގިނަ މީހުންގެ ލިސްޓެއް ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އެކަމަކު އެމައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވަނީ ރައިސް ޔާމީންގެ މައްޗަށް އެކަންޏެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވުނު ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރިއިރު، އެ ދައުވާ ބިނާވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button